މާލޭ ދެކުނު ފަރާތު ކަނޑުތޮށި މައްޗަށް ތެޔޮހަން ނުއުކުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭ ދެކުނު ފަރާތު ކަނޑުތޮށި ކައިރި ވެލިގަނޑު އަދި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭ ދެކުނު ފަރާތު ކަނޑުތޮށި ކައިރި ވެލިގަނޑު އަދި ފަޅުތެރެ ސާފުކުރުން.
މި ސަރަހައްދު ތޮށިމައްޗަށް ބޭނުންކޮށްފައި ހުންނަ ކަޅުތެޔޮހަން އުކާފައި ހުންނަކަން ކައުންސިލަށް ވަނީ ފާހަނގަ ކުރެވިފައި، މި ކަން މިގޮތަށް ނުކުރުމަށް އިލްތިމާސް ކުރަން. pic.twitter.com/8Yxn8Y5bG0— Malé City Council (@MaleCitymv) January 12, 2025
މީގެ އިތުރުން މި ސަރަހައްދު ތޮށިމައްޗަށް ބޭނުންކޮށްފައި ހުންނަ ކަޅުތެޔޮހަން އުކާފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ކަން މިގޮތަށް ނުކުރުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މާލޭގެ މަގުތަކާއި އެކިއެކި ސަރަހައްދުތައް ރީތިކޮށް ބެލެހެއްޓުމަށްޓަކައި އެތަންތަން ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހަލާކުވެފައި ހުންނަ މަގުތައް ހެދުމާއި، އަނދިރި މަގުތައް އަލިކުރުމާއި، އަނދާފައި ހުންނަ މަގުބައްތިތައް އައު ކުރުމަކީވެސް ސިޓީ ކައުންސިލުން ދޭތެރެދޭތެރެއިން ކުރަމުންދާ ކަންކަމެވެ.
މި ލިޔުން ކިޔާލުމުން