ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހަނަ ތެެރެއިން ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ 59އ. އެވެ
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، ހެންވޭރުގައި ހުންނަ އެ ގެސްޓް ހައުސްގެ ފާހަނަައިގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 14:04 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން