މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެންލ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މިއަދު 06:30 އިން 11:30 އަށެވެ. މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ފަތިހު 04:30 އިން ހެނދުނު 10:00 އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ސިޓީން އައްޑޫ ސިޓީއާ ދެމެދަށް އަދި ބ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.
އައު އަހަރާ ދިމާކޮށް ރާއްޖޭގެ މޫސުން ގޯސްވާނެތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން