ޗައިނާއާ އެކު މާދަމާއިން ފެށިގެން އަމަލުކުރަންފަށާ މިނިވަން ވިޔަފާރީގެ (އެފްޓީއޭ) އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 90 އިންސައްތައާ ހަމައަށް ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީ މާއާފުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެެއިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުން އިއުލާންކުރުމަށް އިއްޔެ ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިިނިސްޓަރ ވިދާޅުވީ، ޑިއުޓީ މާފުވުމުގެ ސަބަބުން ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ކަމަށެވެ. ނަމަވެސް އެކަން އޮތީ އެ ގޮތަށް ނޫން ކަމަށާއި ޑިއުޓީގެ ގޮތުގައި ފައިސާ ނުލިބުން ނަމަވެސް ދައުލަތަށް އެ ފައިސާ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Honored to announce the activation of the Maldives first bilateral Free Trade Agreement, the 🇨🇳🇲🇻 FTA. In line with HEP Dr @MMuizzu’s vision,this historic milestone paves the way for stronger economic, commercial and investment opportunities for our nation. #MinivanViyafaari https://t.co/uqnmWXrVnn
— Mohamed Saeed (@em_saeed) December 30, 2024
މިނިސްޓަރ ވަނީ މިކަމުގެ ތަފްޞީލް މިސާލުން ދައްކަވާފައެވެ. މިސާލެއްގެ ގޮތުން މިނިސްޓަރ ވިދާޅުވީ ގެސްޓްހައުން ވޔަފާރިއަށް މީހަކު ގެންނާނެ މުދަލެވެ.
އެގޮތުން ރަށެއްގައި ގެސްޓް ހައުސެއްއް އަޅަން 5 މިލިއަން ރުފިޔާގެ މުދާ ގެންނަނަމަ އެ މުދަލުން މިހާރު ޑިއުޓީގެ ގޮތުގައި ކުރިން ދައްކަންޖެހޭ 500،000 ނުވަތަ 600،000 އެއްހައި ރުފިޔާ އެއްކޮށް މާފުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޑިއުޓީ ކަނޑާލީމާ އާންމު ފަރުދަކަށް ރާއްޖޭގެ ރަށެއްގައި ގެސްޓް ހައުސެއް އަޅާ ކަމަށްވަންޏާ ސަރުކާރުން އާންމު ފަރާތަކަށް މި ދެވެނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 5 ލައްކަ ނުވަތަ 6 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް" ސައީދު ވިދާޅުވިއެވެ.
މިއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ނުލިބޭ އާމްދަނީއެއް ވީނަމަވެސް، ގެސްޓްހައުސްތައް ތަރައްޤީކޮށް ހިންގަން ފެށުމުން، ޖީ.އެސް.ޓީ އާއި އެހެނިހެން ޓެކްސްތަކުގެ ސިފައިގައި އެ ފައިސާ ދައުލަތަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެގެންދިއުމަކީވެސް ޤައުމަށް ލިބޭނެ މުހިންމު މަންފާއެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
އެފްޓީއޭއާ އެކު ޗައިނާއާ ދެމެދު މިހާރު ކުރަމުންދާ ވިޔަފާރީގެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން