މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު 08:30 އިން 14:00 އަށް ހުދުަ ސަމާލު ނެރެފައެވެ.
އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން