ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އިސްކަންދޭ ތަރިއެކެވެ.
އުމުރުން 51 އަހަރުގެ މަލައިކާ އަބަދު ވެސް ފެންނަނީ ބަދަލެއް ނައިސް، ހަށިގަނޑު ވަރަށް ރީތިކޮށް، ތުނިކޮށް، ހުންނަ ތަރިއެއްގެ ގޮތުގަ އެވެ.
މިކަމުގެ ސިއްރު މަލައިކާ މި ވަނީ އީޓައިމްސް ލައިފްސްޓައިލް އަށް ދިން އިންޓަވިއުއެއްގައި ކިޔާދީފައެވެ.
ހަށިގަނޑުގެ ބައްޓަން ބަދަލު ނުވެ އެއް ގޮތެއްގައި ހުންނައިރު، އެކަން ކުރުމަށް މަލައިކާ ބުރަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ކެއުމުގައި ހިޔާރު ކުރަނީ އިންޓަރމިޓެންޓް ފާސްޓިން ކަމަށް މަލައިކާ ބުންޏެވެ.
މަލައިކާ ބުނީ ރޭގަނޑު 7.30 އަށް ފަހު އެއްވެސް އެއްޗެއް ނުކައި 16-17 ގަޑިއިރު ހޭދަ ކުރާ ކަމަށެވެ. އަދި ހެނދުނުގެ ނާސްތާއަކަށް ކަނީ ތަފާތު ވަށްތަރުތަކުގެ ނަޓްސް ކަމަށް މަލައިކާ ބުންޏެވެ.
ދެން ހޭދަވާ ވަގުތު ތަކުގައި ރޭގަނޑު 7.30 އާއި ހަމައަށް ބޮނީ ހަމައެކަނި ހަށިގަނޑަށް ފައިދާވާ ވަރުޖައްސައިދޭ ދިޔާތަކެތި ކަމަށް އޭނާ ބުންޏެވެ.
އޭގެ ތެރޭގައި ފެން، ލުނބޯހުތު ފަނި، ކުރުނބާ ފެން ފަދަ ދިޔާތަކެތި ހިމެނޭ ކަމަށް މަލައިކާ ބުންޏެވެ.
ޗައިޔާ ޗައްޔާ ލަވައިން މަޝްހޫރުވި މަލައިކާއަކީ ވަރަށް ގިނަ ތަރިން ނަމޫނާއަކަށް ވެސް ބަލާ ތަރިއެކެވެ. އޭނާގެ ބައްޓަމުގެ ރީތިކަމާއި ފަރިކަމުންނެވެ.
އޭނާގެ އެ ހަށިގަނޑުގެ ލޫޅާފަތިކަމުގެ ސިއްރު ބަލާލަން އަބަދު ވެސް ގިނަ ބަޔަކު ޝައުގުވެރިވެއެވެ.
މި ލިޔުން ކިޔާލުމުން