ޗައިނާ އާއި ދިވެހިރާއްޖޭއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ދަށުން މަހުން އުފައްދާ ހުރިހާތަކެއްޗެއް ހެން އެއްވެސް ޑިއުޓީ އަކާއި ނުލާ ޖެނުއަރީ 2025 އިން ފެށިގެން ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްްޓްރީން ވިދާޅުވެއްޖެ އެވެ.
އިކޮނިމިކް މިނިސްޓްރީން ވިދާޅުވީ މި އާއިއެކު ވިޔަފާރިވެރިންނާއި މަސްވެރިންނަށް އެކަމުގެ ފައިދާ ބޮޑުތަކުން ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެއެވެ. އެގޮތުުން ކޮންސްޓަކްޝަން މެޓީރިއަލް އާއި މެޝިނަރީ ފަދަ ތަކެތީގެ ގެނެސް ވިއްކުމަށް ކުރަންޖެހޭ ހަރަދު ކުޑަވެ، އާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ޗައިނާގައި ވިޔަފާރިތައް ހިންގާ އެތައް ބިލިއަން މީހުންނަށް މާރކެޓްކޮށް ވިއްކުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް އިކޮނޮމީ އަދި ފޮޓޯގްރަފީ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ވެސް އަންނާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ފޮޓޯ ގްރާފީ އިކްއިޕްމަންޓާއި ޖުވެލަރީފަދަ ތަކެތި އުފައްދާ ފަރާތްތަކުން ބޭނުންކުރާ މެޝިނަރީފަދަ ތަކެތިން ޑިއުޓީ މާޢަފް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 2014 ގަ އެވެ. އެއްބަސްވުމަށް އަމަލުކުރަން 2017 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައި އޮތް ނަމަވެސް ސަރުކާރު ބަދަލުވުމުގެ ސަބަބުން، އެކަން އޮތީ މަޑުޖެހިފަ އެވެ. ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ މި ސަރުކާރުގަ އެވެ.
މި ލިޔުން ކިޔާލުމުން