ގަވައިދާ ޙިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ބޯޓު، އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށްގެން އިންޑިއާއާއި ލަންކާގެ ބޯޓުތައް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ.
މިދިޔަ ނުވެމްބަރު މަހުގައިވެސް ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ މަސްބޯޓެއް އަތުލައިގަނެ އޭގެ ފަޅުވެރީން ވަނީ ހައްޔަރުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން