ޕާޓީތަކުން ކުރާ ވައްކަން ހުއްޓުވޭނީ އަތްކަނޑަން ކެރޭވަރު މީހަކު ވެރިކަމަށް އައިސްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ވެރިކަން ކުރި ދެ ޕާޓީއަކީ ވެސް ވައްކަމާއި ކޮރަޕްޝަންގައި، އެއް ބަޔަކު އަނެއް ބަޔަކަށް ދޫނުކުރާ ވަރުގެ ވާދަވެރި ދެ ޕާޓީ ކަމަށެވެ.
"ޕާޓީތަކުން މި ހިންގާ ވައްކަންތައް ހުއްޓުވޭނީ، އަތްކަނޑަން ކެރޭވަރުގެ ތިންވަނަ މީހަކު އައިސްގެން،" އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް" ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެއިން ގޯތި ވިއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ދެޕާޓީ އަކީވެސް ވައްކަމާ ކޮރަޕްޝަންގައި، އެއްބަޔަކު އަނެއްބަޔަކަށް ދޫނުކުރާ ވަރުގެ ވާދަވެރި ދެޕާޓީ. ޕާޓީތަކުން މި ހިންގާ ވައްކަންތަށް ހުއްޓުވޭނީ، އަތްކަޑަން ކެރޭވަރުގެ 3 ވަނަ މީހަކު އައިސްގެން.
— Umar Naseer (@UmarNaseerMV) December 18, 2024
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.
އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކިޔާލުމުން