މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން "ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ" ގެ އެންމެ ފަހު ސެމިނަރ ބާއްވައިފިއެވެ.
08 ޑިސެންބަރު 2024 ން ފެށިގެން 11 ޑިސެންބަރު 2024 ށް ކުރިއަށްގެންދިޔަ މި ސެމިނަރއަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނަރގެ ތެރެއިން އެންމެ ފަހު ސެމިނަރއެވެ.
މި ސެމިނަރތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން މި ސެމިނަރގައި ބައިވެރިވެފައި ވަނީ 16 ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.
މި ސެމިނަރގެ ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ. ޝޭން ބްރާޔަންސް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްކެވި ވާހަކަފުޅުގައި ތަމްރީންތަކާއި ޚާއްސަކޮށް ލީޑަރޝިޕް ތަމްރީންތައް ލިބުމުގެ މުޙިއްމުކަމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ތަމްރީންތައް ލިބިގަތުމަށްފަހު އެންމެ ކަމެއް ކުރަންޖެހޭ ހިނދު އެމީހެއްގެ ކިބައިގައި ހުރި ކޮލިޓީތަކާއި ޢިލްމް އަމަލީގޮތުން ބޭނުންކުރުމަށް ބާރުއެޅުއްވިއެވެ. އަދި މިހާރު އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި ތިބީ ވަރަށް ޒުވާން ބޭފުޅުންކަމަށާއި މުވައްސަސާ އަދި ޤައުމު ކުރިއެރުމަށް ޔޫތު އެންޕަވަރމަންޓް ވަރަށް މުޙިއްމުކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް، ޑރ. ޝޭން ބްރާޔަންސްއެވެ. އަދި މި ސެމިނަރގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕޯލް ގަރޓް، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ.
މި ލިޔުން ކިޔާލުމުން