އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ނަބީލު (ޔާޔާ ނަބީލު)ގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް 39 އަހަރުގެ ދިވެހި ފިރިހެނަކު އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިޢުކުރަމުން ދިޔަ މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި 17 އޮގަސްޓު 2024 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ މީޑިއާ ގްރޫޕްގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެތަކެއް ދުވަހު ފުލުހުންގެ ބަހެއް ހޯދުމަށް ނޫސްވެރިން މެސެޖުކޮށްފައި ވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ޔާޔާ ނަބީލް މިހާރުވެސް ދަނީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ފޮޓޯއާއި ވީޑިއޯ އޭނާގެ ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް އާންމުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން