އެމެރިކާގެ ބްރައުން ޔުނިވާސިޓީގެ ވޮޓްސަން އިންސްޓިޓިއުޓްގެ ރިޕޯޓަކުން ދެއްކި ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށާއި ޔަމަނުގައި ހޫޘީންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އެމެރިކާއިން 22.76 ބިލިއަން ޑޮލަރު ޚަރަދުކޮށްފިއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގައި ފެށި ހަނގުރާމައާއި ގުޅިގެން އެމެރިކާއިން އިޒްރޭލަށް ދިން 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއަކީ މިހާތަނަށް އެގައުމުން އަހަރެއްގެ ތެރޭގައި އިޒްރޭލަށް ދިން އެންމެ ބޮޑު އަދަދެއްގެ އެހީ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިޒްރޭލަށް ދީފައިވާ އެހީތަކަކީ އަސްކަރީ ފައިނޭންސިން އާއި ހަތިޔާރު ވިއްކުމާއި އެމެރިކާގެ ހަތިޔާރު ރައްކާކުރާ ތަންތަނުން އިޒްރޭލަށް ހަތިޔާރުތައް ޓްރާންސްފާ ކުރުން ހިމެނޭގޮތަށް ދީފައިވާ އެހީތައް ކަމަށް އެ އިންސްޓިޓިއުޓްގެ ކޮސްޓްސް އޮފް ވޯ ޕްރޮޖެކްޓްގެ ދަށުން ހިންގާ ރިޕޯޓުގައި ބުނެފައިވެއެވެ.
އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ ބޮޑު ބަޔަކީ ހަތިޔާރު ކަމަށް ރިޕޯޓުގައި ބުނެފައިވާ އިރު އޭގެ ތެރޭގައި އާޓިލަރީ ތަކާއި 2000 ޕައުންޑް (907 ކިލޯ) ގެ ބޮން ހިމެނެ އެވެ.
އެމެރިކާއިން ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީއާ ޚިލާފަށް، އެމެރިކާއިން އިސްރާއީލަށް ފޮނުވި ބައެއް އަސްކަރީ ޝިޕްމަންޓްތަކުގެ ތަފްސީލްތައް އެހާ ސާފުކޮށް ނޭނގޭތީ ، އެމެރިކާއިން އިޒްރޭލަށް ދީފައިވަނީ ސީދާ 17.9 ބިލިއަން ޑޮލަރުގެ އެހީ ކަން ބުނަން ދަތި ކަމަށް ޔުނިވާސިޓީގެ ރިސާޗަރުން ހާމަކުރިއެވެ.
މި ލިޔުން ކިޔާލުމުން