Tuesday, October 27
އެމެރިކާގެ އަސްކަރީ ހަރަކާތް ތަކަށް، ރައްދު ދޭނަން: ކިމް ޔޯ ޖޮންގް

އެމެރިކާ އިން ދެކުނު ކޮރެއާ ގައި ހިންގަމުންދާ އަސްކަރީ ހަރަކާތް ތަކަށް އުތުރު ކޮރެެއާ އިން ރައްދު ދޭނެ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުންގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ބުނެފިއެވެ.

އުތުރު ކޮރެއާގެ ދެވަނަ އަށް އެންމެ ބާރުގަދަ ފަރާތް ކަމަށް ބެލެވޭ ކިމް ޔޯ ޖޮންގް މިހެން ބުނެފައި ވަނީ އަންގާރަ ދުވަހު ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއް ދެކުނު ކޮރެއާ ގައި ބަނދަރު ކުރުމާއި އެމެރިކާ ސިފައިން އެ ގައުމުގައި ހިންގަމުން ދާ ހަރަކާތް ތަކަކީ އެމެރިކާގެ އާއްމު އުސޫލުން ބިރު ދެއްކުމާއި ހަންފެތުރުމަށް ކުރާ ކަމެއް ކަމަށް ކިމްގެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކޭ ގޮތުގައި ކިމް ގެ ބަޔާނުގައި ދީ ފައިވާ އިންޒާރަކީ އުތުރު ކޮރެއާ އިން ބާރު ގަދަ އިތުރު މިސައިލް އާއި ހަތިޔާރު ޓެސްޓު ކުރުމެއެވެ.މި މިސައިލް ތަކަކީ ސީދާ އެމެރިކާ އަށް ނޫނީ ކޮރެއާ ސަރަހައްދުގައި ވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދިނުމުގެ ގާބިލް ކަން ލިބިގެންވާ މިސައިލްތަކެއް ކަމަށް ބެލެވެއެވެ.

''އުތުރު ކޮރެއާ އިން ދަނީ ދުޝްމަނުންގެ ހަރަކާތްތަކަށް ފާރަވެރިވެ، ގާތުން ބަލަމުން، ކޮރެއަން ޕެނިސިއުލާ ސަރަހައްދުގައި އެމެރިކާގެ އުޅަނދު ބަނދަރު ކުރުމާއި އަސްކަރީ ހަރަކާތް ހިންގުން އާއްމު ކަމަކަށް ވެއްޖެ'' ކިމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރަށް ބަޔާން ކުރިޔަށް ގެންދަމުން ކިމް ވަނީ އެމެރިކާ އަދި ދެކުނު ކޮރެއާގެ އަމަލު ތަކުގެ ސަބަބުން އުތުރު ކޮރެއާގެ ސަލާމަތާއި ދެމި އޮތުމަށް އަސަރު ކުރާކަމަށް ބުނެފައެވެ.މި މަގުން ކަން ކަން ހިނގަން އުތުރު ކޮރެއާ ބަލަން ނޯންނާނެ ކަމަށާއި އެންމެ ހަރުކަށި ރައްދު ދޭނެ ކަމަށްވެސް ކިމްގެ ބަޔާނުގައި ވެއެވެ.

މި ދިޔަ އާދީއްތަ ދުވަހުން ފެށިގެން އެމެރިކާގެ މަނަވަރު ޔޫ އެސް އެސް ކާލް ވިންސަން ދެކުނު ކޮރެއާގައި ބަނދަރު ކޮށް އަސްކަރީ ހަރަކާތެއް ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު