Saturday, October 31
ޔަހޫދީންގެ ހަމަލާގައި ލުބުނާނުގެ 6 މެޑިކަލް ވޯކަރުން ޝަހީދުކޮށްލައިފި

ހުކުރު ދުވަހު އިޒްރޭލުން ލުބުނާނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި 6 މެޑިކަލް ވޯކަރުން ޝަހީދުކޮށްލައިފި އެވެ.

މީޑިއާތަކުން ބުނިގޮތުގައި ލުބުނާނުގެ ބާލްބެކް ޑިސްޓްރިކްޓްގެ ޑޫރިސް ޓައުންގައި ހުންނަ ދާރު އަލް އަމާލް ހޮސްޕިޓަލަށް ހަމަލާދީ ޑިރެކްޓަރު އަލީ އައްލާމްއާއި އޭނާގެ ހޮސްޕިޓަލުގެ އިތުރު 6 މެޑިކަލް ވޯކަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ލުބުނާނުގެ ސިއްހީ ދާއިރާއަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކުގައި، ލުބުނާނުގެ ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަށް ލިބި އެތަށް މެޑިކަލް ޕްރޮފެޝަނަލުންނެއް ވަނީ ޝަހީދުކޮށްލާފަ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި، އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޕެރެމެޑިކްސް ހިމެނޭ ގޮތަށް 214 މެޑިކަލް ވޯކަރުން ވަނީ ޝަހީދުކޮށްލާފައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ތެރެއިން މިއަދާއި ހަމައަށް ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 3,645 އަށް އަރާފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު އުޅެނި 15,355 ގައި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު