Tuesday, October 27
ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންކަން ނޭޕާލް ޕޮލިހަށް

ސޯޝަލް ސެންޓަރުގައި ބޭއްވި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކަން ނޭޕާލް ޕޮލިސް ހޯދައިފިއެވެ. ފައިނަލުގައި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބްގެ މައްޗަށް ކުރި ހޯދައި ނޭޕާލް ޕޮލިސް އިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ކުޅުންވެސް ރަނގަޅެވެ. 25-16 ނޭޕާލް ޕޮލިސް ކާމިޔާބު ކުރި މި ސެޓުގެ ލީޑު ފުޅާވީ ނޭޕާލް ޕޮލިހުގެ އުޝާ އެ ޓީމަށް ހޯދަދިން ފަސް ޕޮއިންޓާއެކު އެވެ.

މެޗުގެ ދެވަނަ ސެޓުވެސް މާ ބޮޑު ލީޑެއް ނެތި ވަރަށް ވާދަވެރިކޮށް ގޮސް ނިމުނީ 25-22 ނަތީޖާ އަކުން ނޭޕާލް ޕޮލިސް ކޮޅަށެވެ.

ތިންވަނަ ސެޓު ގެ ކުރީ ކޮޅު ނޭޕާލް ޕޮލިހުން ވަނީ 5 ޕޮއިންޓުގެ ތަފާތަކުން ލީޑު ފުޅާކޮށްފައެވެ. މި ސަޓުގައި ނޭޕޭލް ޕޮލިހުން ވަނީ އެޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ކުޅެން އަރުވާފައެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-23 އިންނެވެ.

މި މުބާރާތުގައި ބައިވެރިވީ ޕޮލިސް ކުލަބާއި, ވެމްކޯގެ އިތުރުން ސްރީލަންކާގެ އެއާފޯސް ޓީމާއި, ނޭޕާލްގެ ޕޮލިސް ކުލަބާ, އުޒްބެކިސްތާންގެ ހޫމޯގެ އިތުރުން ތަޖިކިސްތާންގެ ވީސީ ޑިއަމެޑް އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު