Tuesday, October 27
ބަޓޫމީ ކަޕްގެ ސެމީ ފައިނަލަށް ރާއްޖޭގެ ލައިބާ ދަތުރުކޮށްފި

ޖޯޖިއާގައި މިހާރު ކުރިއަށްދާ ބަޓޫމީ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް ޑިވިޝަންގެ ސެމީ ފައިނަލުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް ޖާގަ ހޯދައިފިއެވެ.

ލައިބާ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ކަޒަކިސްތާންގެ މުޓިގުލީނާ އާއި ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ދެ ސެޓު ވެސް ލައިބާ ކާމިޔާބުކޮށްފައިވަނީ 21-15 ގެ ނަތީޖާ އަކުންނެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ގުރޫޕް ތިނެއްގެ ދެވަނަ ހޯދައިގެން ކުއާޓާފައިނަލުގައި ލައިބާ ކުޅުނު މެޗު ކާމިޔާބުކޮށްފައިވާއިރު މިމުބާރާތުގެ ސިންގަލްސް އިވެންޓުގެ އިތުރުން ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ވެސް ރާއްޖޭގެ ލައިބާ ވާދަކުރާނެއެވެ. މި ގޮތުން ލައިބާ އާއިއެކު ޑަބަލްސްގެ ޕެއާގައި ކުޅޭނީ އަރްމޭނިއާގެ އަނިތާ އަރްޒުމަންޔަންއެވެ. އަދި މިކްސް ޑަބަލްގައި ލައިބާގެ އާއިއެކު ކުޅޭނީ އަރްމޭނިއާގެ އެރިކް އެލޯޔަންއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު