Friday, October 30
ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ނެދަލެންޑްސް މެޗު އެއްވަރު ވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް އިން ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ނެދަލެންޑްސްގެ ޖޯހާން ކުރޫފް އެރީނާގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ގައި ފުރަތަމަ ގޯލު ޖަހާ ކުރި ހޯދާފައިވަނީ ނެދަލެންޑްސް އިންނެވެ. އެހެން ނަމަވެސް ޖަރުމަނު ފަހަތުން އަރާ ދެ ގޯލު ކާމިޔާބުކޮށް މެޗު ލީޑު ނަގާފައިވަނިކޮށް ނެދަލެންޑްސް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ތިނެއްގައި ޖާމަނީ އާއި ނެދަލެންޑްސް ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައިވާއިރު މި ދެ ޓީމަށް ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ގޯލުގެ ތަފާތުން ޖާމަނީ ގުރޫޕުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ނެދަލެންޑްސްއެވެ. ދެން މި ގުރޫޕުގައި ހިމެނޭ ހަންގޭރީ އާއި ބޮޒްނިއާ ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައިވާއިރު، ކޮންމެ ޓީމަކަށްވެސް އެއް ޕޮއިންޓް ލިބިފައިވެއެވެ. މި ގުރޫޕުގެ ތިންތަނައިގައި ހަންގޭރީ އޮތްއިރު، ހަތަރު ވަނައިގައި އޮތީ ބޮޒްނިއާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު