މިއަދަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ޚާއްޞަ ދުވަހެކެވެ. ފިޠުރު ޢީދުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ކުރިއަށްގެންދިޔަ "ޢީދު އުފާ" ހަރަކާތަކީ މީގެ ކުރިން ދިވެހިރާއްޖޭގައި ނުދެކޭފަދަ ފުރިހަމަ އަދި ކާމިޔާބު ހަރަކާތެކެވެ.
ފިތުރު ޢީދުގެ މުނާސަބަތުގައި ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅޭގޮތުން ބައެއް މީހުން ކައިރީ އަހާލުމުން ހުރިހާ އެންމެންހެން ދިނީ އެއްޖަވާބެކެވެ. އަދި މިހާތަނަށް މިފަދަ ފުރިހަމަ އީދު ހަވީރެއް ބާއްވާފައި ނުވާކަމަށެވެ. ސަރުކާރުގެ ނަގާކިޔާ ބޮޑެތި މުއައްސަސާތަކާ އެންމެ ބޮޑެތި ކުންފުނިތަކުން ވަނީ "ޢީދު އުފާ" ހަރަކާތް ވަރަށްވެސް ފުރިހަމަ ކަމާއެކު އިންތިޒާމުކޮށްފަައެވެ. ކުޑަކުދިން ޝައުގުވެރިވާ ހަރަކާތަކަށް ހެދުމަށް ހާއްސަގޮތެއްގައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.
މި ހަރަކާތް އިންތިޒާމު ކުރުމުގައި ސަރުކާރުގެ އެންމެ އިސް މުއައްސަސާތަކާއި ބޮޑެތި ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. ޚާއްސަކޮށް އެމްއެންޑީއެފް، ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކުން ފެށިގެން ޝަހީދުންގެ ބިނާ އަދި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައެވެ. މި ހަރަކާތުގައި ދިވެހި ސަގާފަތާއި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކެރެކްޓަރުތައް ދައްކާލުން ހިމެނެއެވެ.
އެކިކަހަލަ ކުޅިވަރުތަކާއި ގޭމްތައް؛ ސަލްޓަން ޕާކުން ފެށިގެން ޝަހީދުންގެ ބިނާ ސަރަހައްދާއި ޖުމްހޫރީ މައިދާނާ ހަމައަށް ފެތުރިގެން ދިޔަ މި ހަރަކާތުގައި، ދިވެހި ސަގާފަތާއި ކުޑަކުދިންގެ މެދުގައި މަޤްބޫލު ކެރެކްޓަރުތައް ދެއްކުމުގެ އިތުރުން، ގިނަގުނަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނުނެވެ. ޚާއްޞަކޮށް އެމްއެންޑީއެފް އަދި ފުލުހުންގެ މުއައްސަސާތަކުން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލުކަން ލިބުނު ހަރަކާތްތަކެވެ.

ދައުލަތުގެ އިސްވެރިންގެ ބައިވެރިވުން: މި ހަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޤައުމުގެ އެންމެ އިސްވެރިން މި ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ދެ ކަނބަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި ދައުލަތުގެ ވަޒީރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސް މުޢިއްޒު ވަނީ ކުޑަކުދިންނާއެކު ސަލާންކުރައްވައި، ފޮޓޯ ނަންގަވައި އަދި ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތަކަށް ކުޑަކުދިން އަރައި ފޮޓޯނެގުމުގެ ފުރުޞަތު ދިނުމާއެކު، ސަރުކާރުގެ މުއައްސަސާތަކުން ވަނީ ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައެވެ. މި ހަރަކާތް ކުރިއަށްގެންދެވުނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސުނު 6:00 އާ ހަމައަށެވެ.
ސަރުކާރުން މިފަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް މިއަދުގެ "ޢީދު އުފާ" އާއެކު ނިމުނީއެއް ނޫނެވެ. މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ރޭ ބޭއްވި ޑްރޯން ޝޯ، އަށާއި ހަވާ އެރުވުމަށްވެސް އެތައް ބައެއްގެ ތަރުހީބާއި ތައުރީފު ދިޔައީ އޮހެމުންނެވެ.

ނުހަނު ގިނަ ބައެއްގެ އެދުމާއި އަދި މިހަރަކާތްތަކުގައި ބައިވެރިވެ މަޖާކޮށްލުމަށް ބޭނުންވާ ބައެއް އާއިލާތަކުގެވެސް އެދުމުގެ މަތިން އީދުއުފާގެ މިހަރަކާތްތައް މިއަދާއި މާދަމާވެސް ކުރިއަށްދާނެއެވެ. މާނައަކީ މި ހަރަކާތް ނިމޭނީ އަންގާރަ ދުވަހުގެ ހަވީރުގައެެވެ،
"ޢީދު އުފާ" ހަރަކާތަކީ ދިވެހި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ ރީތި މިސާލެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުމާއި، ރައްޔިތުންނާ ދައުލަތާ ދެމެދު އޮތް ގާތްކަން މި ހަރަކާތުން ވަނީ ސާފުކޮށް ދައްކުވައިދީފައެވެ. މިފަދަ ހަރަކާތްތަކަކީ މުޖުތަމަޢުގެ އެކި ފަންތީގެ މީހުން އެއްތަނަކަށް ޖަމާވެ، އެކުވެރިކަމާއެކު ވަގުތު ހޭދަކުރުމުގެ ރީތި ފުރުޞަތެކެވެ.
މި ލިޔުން ކިޔާލުމުން