އާދިއްތަ, November 1
މި ސަރުކާރަކީ ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ސަރުކާރެއް: ފަހުމީ

މި ސަރުކާރަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ކަމަށް ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ފަހުމީ ވިދާޅުވީ މި ސަރުކާރަކީ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދިނުމުގައި ފަސްޖެހިލުމެއް ނެތި މަސައްކަތް ކުރަންކެރޭ އަދި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ޤައުމުގެ މަސްލަހަތު ދިފާއުކުރުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވައި، ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގަތީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރައްވަންޖެހޭ ކޮންމެ ކަމެއް ފަސްޖެހިވަޑައިނުގެން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށެވެ.

އެ ދުވަހު ކުރެއްވި ހުވަޔާއި ދެއްވި ޔަޤީންކަމާ އެއްގޮތަށް، އެތެރެއާއި ބޭރުގެ ނުފޫޒުތަކަށް ބެއްލެވުމެއްނެތި، ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވަމުން ގެންދަވާ ހިތްވަރުގަދަ ފިޔަވަޅުތަކުން އެކަނިވެސް، ޤައުމާއި ރައްޔިތުންދެކެ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަވެގެންދާ ކަމަށް ފަހުމީ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމަވަންޖެހޭ ނިންމެވުންތައް ނިންމަވައި، އެކަންކަން ތަންފީޛު ކުރައްވަމުން ގެންދަވާ ހަލުވިކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމަވައި، ތަންފީޛުކުރެއްވުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާމެދު، ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން އެމަނިކުފާނު ފަޚުރުވެރިވާ ކަމަށްވިދާޅުވި ވިއެވެ.

ފަހުމީ ވިދާޅުވީ ރައީސް މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ވޭތުވެދިޔަ އަހަރު ތެރޭގައި ޤައުމަށް ލިބިފައިވާ ކުރިއެރުންތަކަށްޓަކައި އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން ކަމަށެވެ.

"މިއީ ހަމައެކަނި ސަރުކާރަށް އަހަރު ފުރުނު ދުވަހެއް ނޫން. މިއީ ރައްޔިތުންގެ އުއްމީދުތަކާއި އާ ކާމިޔާބީތަކުގެ ފެށުމުގެ އަހަރު ފުރުން. ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްކީ އޯގާތެރިކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާ." ފަހުމީ ވިދާޅުވި ވެއެވެ.

ނިންމާ ލަމުން ރައީސްއަށް ޝުކުރު އަދާ ކުރަށްވަމުން ފަހުމީ ވިދާޅުވީ، މާތްﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ހަތަރު އަހަރަކީވެސް ޤައުމީ ތަރައްޤީގެ ދަތުރުގައި އިތުރު ކާމިޔާބީތައް ޙާޞިލްކުރެއްވޭނެ އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރެވޭ، ގައުމު އިތުރަށް ކުރިއަރާ ދިއުމުގެ ހެޔޮ ނަތީޖާ ފެންނާނެ އަހަރުތަކަކަށް ވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު