އާދިއްތަ, November 1
"ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" މި ނަމުގައި އައްޑޫގައި ޕުރޮގްރާމެއް ކުރިއަށްގެންދަނީ

ކުޑަކުދިން ނަމާދަށް އަހުލުވެރިކުރުވުމަށްޓަކައި، "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" މި ނަމުގައި އައްޑޫ ސިޓީގެ ފޭދޫގައި ޕުރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދާނީ ފޭދޫ އަވަށު އޮފީހާއި ގަން ޕޮލިސް ސަރވިސް ގުޅިގެން ކަމަށެވެ.

މި ޕުރޮގްރާމްގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ނޮވެންބަރު 2024 އިން 25 ފެބުރުވަރީ 2025 އަށް ފޭދޫ އަވަށުގެ 3 ސަރަހައްދެއްގެ 3 މިސްކިތެއްގައެވެ. އެއީ މަސްޖިދުލް އަމާނި އާއި، މަސްޖިދުލް ކައުޘަރު އާއި، މަސްޖިދުލް ފަލާޙެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފުރަތަމަ ބެޗުގައި ބައިވެރިވުމަށް ބޭނުންވާ، ފޭދޫ ވަށަށް ނިސްބަތްވާ އަދި އެ އަވަށުގައި ދިރިއުޅެމުން އަންނަ 7 އަހަރުން މަތީގެ ކުދިންނަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ 7 އަހަރުން މަތީގެ ފިރިހެން ކުދިން، އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ގޫގްލް ފޯމް 21 ނޮވެންބަރުގެ ކުރިން ފުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ ޕުރޮގްރާމުގައި ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް އަމާޒުކޮށް، ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު