އާދިއްތަ, November 1
ޕީއެންސީގެ އެތެރޭގެ އިންތިޚާބު: ކެންޑިޑޭޓުންގެ ލިސްޓު މުރާޖައާކުރަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ލިސްޓު މުރާޖައާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ނަގާ ދާއިރާތަކާއި ރަށްތަކާއި، ކެންޑިޑޭޓުންގެ ނަންތައް އާންމުކުރީ އިއްޔެގައެވެ.

ޕީއެންސީއިން ރޭ ނެެރުނު ބަޔާނެއްގައި ބުނީ ކެންޑިޑޭޓުންގެ ލިސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބައެއް ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަންކަން ބެލިއިރު ލިސްޓުގައި ކޮންމެވެސް ވަރަކަށް މައްސަލަ ހުރިކަން ފާހަގަކުރެވުނު ކަމަށް ޕީއެންސީއިން ބުންޏެވެ.

އެހެންވެ އެ ލިސްޓު މުރާޖައާ ކުރަމުންދާ ކަމަށާއި، މުރާޖައާ ކުރުމަށްފަހު ފުރިހަމަ ލިސްޓު މި މަހުގެ 16 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.

އިންތިޚާބު ބާއްވަންޖެހޭ މަގާމުތައް:

ދާއިރާގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް.

ދާއިރާގެ ނައިބު ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް.

އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.

ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.

ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.

މި އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ރަށްތަކުގައި ވޯޓު ނެގުން ކުރިއަށްދާނެ ވަގުތުތައް ފަހުން އިއުލާނުކުރާނެ ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު