އާދިއްތަ, November 1
ސަޢޫދީ ފަންޑާއެކު ގުޅުން ބަދަހިކުރެވޭނޭ އާ ގޮތްތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި، ދެ ފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާ ގޮތްތައް ހޯދުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދެވީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ވަނީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ކުރިއަށްދާ ގޮތް މުރާޖައާ ކުރައްވާފައެވެ.

އޭގެތެރޭގައި ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މި މަޝްރޫއުތައް ވަގުތަށް ނިންމުމުގެ އަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައިފައެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ރާއްޖެއާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ހިއްސާކުރާ އިގުތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާަސިލުކުރުމަށްޓަކައި، ދެ ފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާދާއިރާއެއްގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ސަޢޫދީއަށް ވަޑައިގެންނެވީ އިއްޔެގައެވެ. މި ދަތުރުފުޅަށްފަހު އެމަނިކުފާނު މިހާރު ވަނީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ބާކޫއަށް ފުރާވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު