އާދިއްތަ, November 1
މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާޠިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީިފިއެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ދެ ނަމެއް ހުށަހެޅުއްވީ މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ދައުރު މިދިޔަ މަހުގެ 31 ގައި ހަމަވާތީއެވެ.

ރައީސް، މަޖިލީހަށް ފޮނުއްވި ސިޓީގައި ހިމެނެނީ އަސްމާގެ ނަމާއި، އަމީޒާގެ ނަމެވެ. ރައީސް ސިޓީގައި އިސްކަންދެއްވާފައިވަނީ އަމީޒާއަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އަމީޒާ މިހާރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމެންޓްގެ މަގާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު