އާދިއްތަ, November 1
ޑރ.މާރިޔާގެ ބައްޕާފުޅު އަވަހާރަވުމުން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިނިސްޓަރު ޑރ.މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ މަރުހޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، މާތް ﷲ ގެ ދީލަތިވަންތަ ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި ދުއާ ކުރައްވާފައެވެ.

މީގެއިތުރުން ރައީސް ވަނީ މަރުހޫމް މުޙައްމަދު ޔޫސުފަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއާތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހުސާންތެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރުހޫމް މުޙައްމަދު ޔޫސުފަކީ ގިނަ ބަޔަކު ދަންނަ ރަހުމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި، ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށް ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު