އާދިއްތަ, November 1
ދޮންމަންމާފުޅާ ގުޅުވައިގެން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަ: ރައީސް

އެމަނިކުފާނުގެ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ދޮންމަންމާފުޅަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެއީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓަލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫންކަމަށާއި، ދައްކާނަމަ އަބަދުވެސް ދައްކަވާނީ އެމީހެއްގެ ރަނގަޅު ވާހަކަތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންނެވެ. ރައީސް ވިދާޅުވީ ބައްޕާފުޅުގެ ތިން ބިމާއި، އެ ބިންތަކުގައި އިމާރާތްކޮށްފައިވާ އިމާރަތްތަކާއި ވިޔަފާރިތަކެއް ސްރީލަންކާގައި ހުރި ކަމަށެވެ. އެގޮތުން ކޮލޮމްބޯގައި ދެބިން އަދި ކެންޑީގައި އެއްބިން ހިމެނޭހެން ޖުމްލަ ތިން ބިމެއް އޮތް ކަމަށާއި، އެއިން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރި ވެސް ފަށާފައި އޮތްކަން ފާހަގަކުރެއްވިއެވެ. އަނެއް ބިމުގައި ހުރި އިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ހުރިހާ ބިންތަކާއި އިމާރާތްތަކާއި، ވިޔަފާރިއާއި، ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭ ގޮތަށް ހުރިހާ އެއްޗެއް ދޮންމަންމާފުޅަށް ހިލޭ، އެއްވެސް ބަދަލަކާ ނުލައި ދީފައިވާނެ ކަމަށެވެ. ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލީ ކަމަށް ދޮންމާފުޅު ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. '"ދޮންމަންމަ ވިދާޅުވި މާލޭގަ ހުވަފަތް އަންބެއްވީމަ ދީނީ ގޮތުން އޮންނަ ބައިކުޅަބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ."' ކަންމިހެން ހުރިއިރު، މިކަން އޮޅުވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ވާހަކަތަކެއް ކަމަށާއި، މިއާ ޚިލާފަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ދޮންމަންމާފުޅާ ގުޅުވައި ވާހަކަތަކެއް ފެތުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އަދަދު ނޫހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު