އާދިއްތަ, November 1
އަޅުގަނޑު ބޭނުމީ ރައްޔިތުން މުއްސަނދިވާން: ރައީސް

އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ގައުމު ތަރައްގީކޮށް، ރައްޔިތުންނަކީ ފުދުންތެރި، މުއްސަނދި ބަޔަކަށް ހަދައިދެއްވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވެގެން 20 އަހަރު ދުވަހު ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މި ގޮތަށް މި ވައުދުވެވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮބައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންގެ ޚިޔާލާއެކު ގައުމު ތަރައްގީކުރަން ކަމަށެވެ. އަދި ރައްޔިތުން މުއްސަނދިވާން ފުދުންތެރިވާން ކަމަށާއި، ގެދޮރުވެރިކަން އެންމެންނަށް ލިބިގެންދާން ކަމަށެވެ.

''އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން
ރައްޔިތުން މުއްސަނދިވާން ފުދުންތެރިވާން. ގެދޮރުވެރިކަން އެންމެންނަށް ލިބިގެންދާން. ވަޒީފާގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ލިބޭނެކަން ޔަގީންވާން.''

މީގެއިތުރުން ސިއްހީ ކަންކަމާއި ތައުލީމީ ކަންކަމާއި އަދި އިޖުތިމާއީ ހުރިހާ ކަމެއް ވެސް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެންގޮސްދެއްވުމަށް ބޭނުންވެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު