އާދިއްތަ, November 1
އަޅުގަނޑު ވަރަށް އިސްކަން ދެން، ކުރާނެ ކަމަށް ބުނި ގޮތަކަށް އެކަމެއް ކުރެވޭތޯ: ރައީސް

ވައުދުވެވަޑައިގެންފައިވާ ގޮތަށް ނުވަތަ އެކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި ގޮތަކަށް އެކަމެއް ކުރެެވޭތޯ ވަަރަށް އިސްކަންދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންނަށް އެންމެބޮޑުވެފައިވާ މައްސަލައަކީ، ގެދޮރުގެ މައްސަލަ ނުވަތަ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ތެރޭގައި އެމަނިކުފާނު ވައުދެވަޑައިގެންނެވީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ކަމަށެވެ.

އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް، އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

''މިއަދު، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފެށިގެން މިދަނީ، އަޅުގަނޑު ވައުދުވީ ގޮތަށް، މެނިފެސްޓޯގައި ވެސް ހިމަނާފައި އޮތްގޮތަށް، ފަސް ޕަސެންޓްގެ އިންޓްރެސްޓްގައި ހިމެނޭ، އެއަށްވުރެ ބޮޑުނުވާނެ އިންޓްރެސްޓްގެ ލޯނު ސްކީމް ދޫކުރާނެ ކަމަށް ވީ ވައުދު ފުއްދުން.''

ރައީސް އިތުރަށް ވިދާޅުވީ ''ވައުދުވެފައި އޮންނަ ގޮތަށް، ކުރާނެ ކަމަށް ބުނި ގޮތަކަށް، އެކަމެއް ކުރެވޭތޯ'' ވަރަށް އިސްކަންދެއްވާ ކަމަށެވެ.

މިއަދު މި އިފުތިތާހު ކުރެވުނު ސްކީމް ވެގެންދާނީ، ރާއްޖޭގައި މި އޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ އެންމެ ފުރިހަމަ ނަތީޖާ ނުކުންނާނެ ކަމަކަށް ކަމަަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު