އާދިއްތަ, November 1
ކުރިނބީ އަންހެނުންގެ ކޮމިޓީ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ހދ.ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ 2 މެންބަރުންނެވެ.

މި މަގާމުތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ނަންތައް އިއުލާނުކޮށްފައެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް:

ކެންޑިޑޭޓު ނަންބަރު 1 - ފާޠިމަތު ނާފިޡާ އިސްމާޢީލް، ވީނަސް / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ކެންޑިޑޭޓު ނަންބަރު 2 - ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެންޑިޑޭޓު ނަންބަރު 3 - އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ކެންޑިޑޭޓު ނަންބަރު 4 -  ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ކެންޑިޑޭޓު ނަންބަރު 5 - އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެންޑިޑޭޓު ނަންބަރު 6 - ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު