އާދިއްތަ, November 1
އިންތިޚާބަކާ ނުލައި ދެއްވަދޫ އަންހެނުންގެ ކޮމިޓީއަށް ޕީއެންސީގެ 3 މެންބަރުން އިންތިޚާބުވެއްޖެ

ގއ.ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) 3 މެންބަރުން އިންތިޚާބުވެއްޖެއެވެ.

އަންނަ ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެއްވަދޫ އަންހެނުންގެ ކޮމީޓީގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެއީ 3 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހާމަކުރި ގޮތުގައި މެންބަރުކަމަށް ކުރިމަތިލީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލި ތިން ބޭފުޅުންނެވެ.

އެއީ ދެއްވަދޫއަށް ނިސްބަތްވާ ޙައްވާ ޢަލީދީދީއާއި، ޒާހިރާ އިބްރާހީމާއި، މަރްޔަމް ނަޢީމެވެ.

އީސީއިން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ތިން ބޭފުޅުން ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައިވާކަން އިއުލާނުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު