އާދިއްތަ, November 1
ރައީސް ޑރ. މުޢިއްޒު، ސީއެޗްއެސްއީ – މާލެ ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، މާލޭގައި ހުންނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށް ޚާއްސަކޮށް ސީއެޗްއެސްއީގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސް ޑރ. މުޢިއްޒަށް ވެދުމަށް އަރުވާފައިވެއެވެ.

ސީއެޗްއެސްއީއަކީ ގްރޭޑް 11 އާއި 12 އަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ކުރިން ހިންގި ހަމައެކަނި ސްކޫލެވެ. ނަމަވެސް އެ ސްކޫލުގައި ކިޔަވައިދިނުން މެދުކަނޑައިލީ ހުޅުމާލޭގައި ގްރޭޑް 11 އާއި 12 އަށް ކިޔަވަން އާ ސްކޫލެއް އެޅުމަށްފަހު މިދިޔަ ސަރުކާރުން ސީއެޗްއެސްއީގެ ނަމުގައި ސްކޫލެއް ހުޅުވުމުންނެވެ.

މާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ނިންމީ މާލޭގައި އޭލެވެލްއަށް ކިޔަވައިދޭނެ ސަރުކާރު ސްކޫލެއް ނެތުމުން ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް އެކަމުގެ ދަތިކަން ފޯރާތީއެވެ.

މާލޭގެ ސީއެޗްއެސްއީ ރަސްމީކޮށް އަލުން ހުޅުވީ ރޭގައި ކަމަށްވީ ނަމަވެސް، މިދިޔަ ސެޕްޓެމްބަރު 01 ވަނަ ދުވަހު މި ސްކޫލުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު