އާދިއްތަ, November 1
228 ދަޅު ބަނގުރާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހުޅުމާލެ ފޭސް 1 ގެ ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއްގެ ތެރެއިން ފެނުނު ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއް ބަަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު، ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރިކަމުގެ މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރިއިރު 228 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އަދި ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު