އާދިއްތަ, November 1
ޒިއޯން މޯބައިލްސްގެ ފިހާރައިން ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ރޭގެ ފަތިހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެ ފިހާރާއިން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ ރޭ ފަތިހު 5:35 އެހާކަންހާއިރު ވައްކަމުގެ މިހާދިސާގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މިހާދިސާގެ ސީސީޓީވީ ފުޓެޖު ހިމެނޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެނގިފައިވާ ގޮތުގައި ވަގަށް ގެންގޮސްފައިވަނީ މޮބައިލް ފޯނުތަކަކާއި ވަތްގަނޑުގައި ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި 1000 ރުފިޔާއެވެ.

އަދި މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު