އާދިއްތަ, November 1
އަމިއްލަ އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ލިބޭނެ

ސިއްހީ ހިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ނުލިބޭ ހާލަތެއްގައި ނަމަ އެފަރާތަކަށް އާސަންދަ ސްކީމުން ޚިދުމަތް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ފަރާތަކަށް އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ، އެ ފަރާތްތަކަށް މިހާރު ވެސް އާސަންދަ ސްކީމުން ހިދުމަތް ލިބޭނެ ކަމަށެވެ.

އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕިލިސީން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްފަދައިން ލިބިގެންދާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އާސަންދައިން ބުނީ މިފަދަ ދަނޑިވަޅެއްގައި ހަގީގަތް އޮޅޭގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަ ކުރަމުންދާތީ، އެކުންފުނިން ކަންބޮޑުވުންފާޅުކުރާ ކަމަށާއި މިގޮތުން ކަމާއި ގުޅުންހުރި ސައްހަ މައުލުމާތު ސާފު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު