އާދިއްތަ, November 1
ސްޕެއިންގައި ފެންބޮޑުވެ 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސްޕެއިންގެ ރައްތަކަށް ބޯކޮށް ވާރޭ ވެހި ވަރަށް ބޮޑަށް ފެން ބޮޑު ވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 200 އަށް ވުރެ އިތުރު ވެއްޖެއްވެ.

ފެން ބޮޑުވުމުގެ ސަބަބުން ކަރަންޓާއި ފެނާއި އަދި ގިނަ އެހެނިހެން ހިދުމަތްތަކެއް ކެނޑި ވަރަށް ގިނަ މަގުތަށް އަދިވެސް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސްޕެއިންގެ ވެލެންސިއާއަށެވެ. ހާލުގައި ޖެހި ކާބޯތަކެތި ހޯދުމަށް އުނދަގޫވެ އެތައް ބަޔަކު ވަނީ ސިޓީ ދޫކޮށް ކައިރީގައި ހުރި ރަށްތަކަށް ބަދަލުވެފައެވެ.

ވަލެންސިޔާގެ މޭޔަރު މަރިއްޔާ ހޯސޭ ކަތަލާ ވިދާޅުވީ, މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް މިހާރު ވެސް ފެންނަމުންދާ ކަމުގައެވެ. މި ގޮތުން, ވަލެންސިޔާގެ ރަށްބޭރު ސަރަޙައްދެއްގައި މަރުވެފައިވާ އިތުރު އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި, އޭގެ ތެރޭގައި ފުލުހެއްގެ ހަށިގަނޑު ވެސް ހިމެނޭ ކަމުގައެވެ. އެ ސަރަޙައްދުގައި އޮންނަ ލަ ތޮރޭގެ ގެއެއްގެ ތެރެއިން މަރުވެފައިވާ 45 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

މި ކާރިސާގައި އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ސްޕެއިންގެ ސަލާމަތީ ބާރުތަކުގެ މެމްބަރުންނާއި ސިފައިން އަދިވެސް ދަނީ އަވަދިނެތި ގެއްލުނު މީހުން ހޯދަމުންނެވެ. އަދި މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނިީ ކުރަމުންނެވެ.

މިއީ ސްޕެއިންގައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު