އާދިއްތަ, November 1
މަޖިލީހުގެ ނައިބު ރައީސް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިއީ 67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމެވެ.

މިމަހުގެ ތިން ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސް އޮންނާނީ އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު