އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ ވެބްސައިޓް މިއަދު އިފްތިތާހްކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި މި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި މި ރަސްމިއްޔާތުގައި ޑރ. މުޙައްމަދު ޝަހީމް އިތުރުން، ފަތުވާދޭ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާ ގުޅޭ އެންމެ ފަހުގެ ހަބަރާއި މަޢުލޫމާތު ލިބެން ހުރެއެވެ.
މިވަގުތު ފަތުވާދޭ މަޖިލީހުގެ މެމްބަރުން ތެރޭގައި ފަތުވާ މަޖިލީހުގެ ރައީސް، ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް، ފަތުވާ މަޖިލީހުގެ ނައިބު ރައީސް، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އިލްޔާސް ޙުސައިން އަދި ޑރ. މޫސާ އަންވަރު ޙަސަން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން