Tuesday, October 27
ސައުދީ އަދި އިންޑިއާ އަށް ރައީސުލްޖުމްހޫރިއްޔާ ސަފީރުން އައްޔަން ކުރައްވައިފި

އިންޑިއާ އަދި ސައުދީ އަރަބިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސަފީރުން އައްޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާ ސާފީރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަން ކުރެއްވީ އައިޝަތު އަޒީމާއެވެ. އަދި ސައުދީ އަރަބިއްޔާ އަށް ކަނޑައަޅުއްވާ ސަފީރުގެ ގޮތުގައި އައްޔަން ކުރެއްވީ އަޙްމަދު ސަރީރެވެ.

ސައުދީ ސަފީރުގެ ގޮތުގައި ހަމަޖެއްސެވި ސަރީރަކީ ކުރިން އެމެރިކާ އަދި ބަންގްލަދޭޝް އަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ސަރީރު ވަނީ 1986 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި އެކި އެކި މަޤާމް ފުރުއްވާފެއެވެ.

އިންޑިއާ އަށް ކަނޑައެޅުއްވި އައިޝަތު އަޒީމާ އަކީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ޗައިނާގެ ސަފީރުކަން އަދާކުރެއްވީ ބޭފުޅެކެވެ. އަޒީމާ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ 1988 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު