އާދިއްތަ, November 1
ފުލުހުން ބަލަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ އއ. މާޅޮސް، ބަނަފްސާގެ، އުމުރުން 41 އަހަރުގެ ހައްވާ ތައުލީމާއެވެ.

ފުލުހުން ބުނީ އެ މީހާ ހޯދަން އިއުލާން ކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ތަހުގީގަށް ހާޒިރުކުރަނީ ސުވާލުކުރުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، މި ފެށޭ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު