އާދިއްތަ, November 1
އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އަޒީމާ

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ އާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަގާމަށް އަޒީމާ އައްޔަނުކުރަން މަޖިލީހަށް ފެންނަ ކަމަށް ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓާއެކުއެވެ. އެ މަގާމަށް އަޒީމާ އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ، އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.

އަޒީމާ ވަނީ މީގެ ކުރިން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމު ފުރުއްވައިފައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިނިސްޓަރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޑިރެކްޓަރު ކަމުގެ އިތުރުން ޖޮއިންޓު ސެކްރެޓަރީގެ މަގާމުވެސް އަޒީމާ ވަނީ ފުރުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު