އާދިއްތަ, November 1
8 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަނީ

8 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަން މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

މިއަދު "އެކްސް" ގައި ކުރި އިއުލާނެއްގައި ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފައިވަނީ:

1- ހއ. ބާރަށް މެޖިސްޓްރޭޓް ކޯޓު

2- ނ. މާފަރު މެޖިސްޓްރޭޓް ކޯޓު

3- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓު

4- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު

5- ކ. މާފުށި މެޖިސްޓްރޭޓް ކޯޓު

6- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު

7- ލ. މާވަށް މެޖިސްޓްރޭޓް ކޯޓް

8- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު

ޖޭއެސްސީ އިން ކުރި އިއުލާނުގައި ބުނީ ފަނޑިޔާރުންގެ އަސާސީ މުސާރައެއްގެ ގޮތުގައި ފޯނު އެލަވަންސްއާއި، މެޑިކަލް އިންޝުއަރެންސް ހިމެނޭގޮތަށް، ކަނޑައަޅާފައިވަނީ 26350.00ރ ކަމަށެވެ. އޭގެ ތެރެއިން ލިވިންގް އެލަވަންސްގެ ގޮތުގައި 12,000.00ރ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި ލިބެނީ 1,650.00ރ ކަމަށްވެސް އެ އިއުލާންގައިވެ އެވެ.

ފަނޑިޔާރުކަމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު