Thursday, November 5
ހެލްތު އެންޑް ފެމެލީ އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ"، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން، ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ، މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ތިން ދުވަހަށް ކުރިއަށްދާނެއެވެ.

އިފްތިތާޙީ ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގައި ކުރެވެމުންދާ 156 މަސައްކަތެއްގެ މަޢުލޫމާތު އެކުލެވޭ ޚާއްޞަ ފޮތެއް ނެރެދެއްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކާއި ޖަމިއްޔާތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތައް ހިމެނޭހެން، 60 އަށްވުރެ ގިނަ ސްޓޯލް މި އެކްސްޕޯގައި ވަނީ ބަހައްޓާފައެވެ.

މިއީ މި އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރުވެސް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި އެކްސްޕޯގައި، މިއުޒިކް ޝޯއާއި ބިރުވެރިހޮހޮޅައިގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު