Wednesday, November 4
އިސްލާމީ ވަންތަކަމާއި މިނިވަންކަމަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރާނެ: ރައީސް

ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި، ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކާއި އަޅާ ކޮންމެ ފިޔަވަޅެއް ވެސް އަމާޒުކުރާނީ ދިވެހި ރައްޔިތުންނަށް ތަރައްޤީއާއި ފުދުންތެރިކަން ހޯދައިދިނުމުގެ މަތިވެރި މަޤްޞަދަށް ކަމަށެވެ.

މި ޖަލްސާގައި ރައީސް ވަނީ، 1988 ވަނަ އަހަރު ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ބޭރުގެ އުދުވާނީ ބާރަކުން ދިވެހި ޤައުމަށް ދިން ހަމަލާއިން ޤައުމު ސަލާމަތްވުމުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު