ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، މި މައްސަލަ ހައްލުކޮށް ވީހާ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.
މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.






