އާދިއްތަ, October 25
ފުނަދޫ އަލިފާން: 4 ގެއަކަށާއި 5 ވޯކްޝޮޕަކަށް އަސަރުކޮށްފި

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް ނުވަތަ ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، އަލިފާނުގެ އަސަރު ފޯރި ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ރައްކާތެރިކަމާއެކު ހުސްކުރެވިފައިވާ ކަމަށެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން. އަދި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު މިހާރު ދަނީ އެރަށަށް ދަތުރުކުރަމުން،" އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. އަލިފާނުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު