Friday, October 16
ގުރައިދޫގައި މާރާމާރީ ހިންގި މީހާ 16 ދުވަހަށް ބަންދުކޮށްފި

ކ. ގުރައިދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ 16 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހީނާމާގެ / ކ. ގުރައިދޫ، އަޙްމަދު އިރުޝާދު (50އ) ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 16 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ގުރައިދޫ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއް ހޫނުވެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުންނެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ 20:36 ހާއިރުއެވެ.

މި ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އަނިޔާވިއެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި އަތުގެ ސާޖަރީއެއް ހެދުމަށް ފަހު، މިހާރު އޭނާ ވޯޑަށް ދޫކޮށްލާފައިވާއިރު، އޭނާގެ ހާލު ރަނގަޅެވެ.

މީގެ އިތުރުން، މި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު