Friday, October 16
ކުޅުދުއްފުށި ސިޓީގައި ދެ ސައިކަލު ޖެހި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ކުޅުދުއްފުށި ސިޓީގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ކުޅުދުއްފުށި ސިޓީ އަމީނީމަގުގައި މިއަދު މެންދުރު ފަހު ދޭއް ޖަހާ ކަންހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސިޓީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 14:09 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ، ބޮޑެތި އަނިޔާތައް ލިބުނީ 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށް ކަމަށެވެ. 20 އަހަރުގެ ފިރިހެން މީހާގެ މޫނު މައްޗަށް އަނިޔާތައް ލިބުނުއިރު، 32 އަހަރުގެ އަންހެން މީހާގެ ފަލަމަސްގަނޑު ހިސާބުން ވަނީ ބިނދިގެން ގޮސްފައެވެ.

ފުލުހުން ބުނީ، އަނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ވެސް މަށައިގެން ގޮސްފައިވާ ކަމަށެވެ.

ތިންވަނަ މީހާއަށް ލިބުނީ ކުދިކުދި އަނިޔާ ކަމަށާއި، އެ މީހާއަށް އީއާރުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ސީރިއަސް އަނިޔާތައް ލިބުނު ދެ މީހުން އެޑްމިޓްކޮށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު