Friday, October 16
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ގައި ބާއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މި ޖަލްސާ އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ޖަލްސާގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޖަލްސާގައި ބައިވެރިވެވޭނީ އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 27 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް ކުންފުނިން އެދިފައިވެއެވެ.

އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެއެވެ.

އޭގެ އިތުރުން 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރު ހޮވައި، އެ ފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން އައްޔަންކުރުން ވެސް ޖަލްސާގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު