Thursday, October 15
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ނަޒީމް މަގާމުން ވަކިކޮށް އެކްޓިންގ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ އައްޔަންކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އިބްރާޙިމް ނަޒީމް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނު ކުރެއްވީ ޖުލައި މަހުގެ ފަހުކޮޅުގައެވެ.

އާރްޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމެވި ނިންމެވުމުގެ ދަށުން މި ބަދަލު އައިސްފައިވެއެވެ. ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އާރްޑީސީ އެހެން ކުންފުނިތަކާ އެއްކޮށްލުމަށް ފަހު އެ ދެ ކުންފުނި އުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާ ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން ވެސް އެ މަގާމުން ވަކިކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު