Wednesday, October 14
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ފެށި "ދަ އައިލެންޑް ފެކްޓްރީ" ގެ ޚިދުމަތްތައް ފުޅާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ އެހީގައި ފެށި "ދަ އައިލެންޑް ފެކްޓްރީ" ގެ ޚިދުމަތްތައް ފުޅާކޮށް، ކާމިޔާބު ވިޔަފާރިއަކަށް ބަދަލުވެއްޖެ ކަމުގައި ބީއެމްއެލްއިން ބުނެފިއެވެ.

ޒުވާން ވިޔަފާރިވެރިޔާ ނިޔާފް މުޙައްމަދު އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އުފައްދާ މަތީ ފެންވަރުގެ "ޓޫނާ ޖާރކީ" މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކަށް ނެރެފައެވެ.

ނިޔާފް މި ވިޔަފާރި ފަށާފައިވަނީ 2024 ވަނަ އަހަރު ބީއެމްއެލް އިން ތަޢާރަފުކުރި ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށްގެންނެވެ. މި ވިޔަފާރީގެ މައިގަނޑު އަމާޒަކީ، ޒަމާނީ ޕްރޮސެސިންގ އަދި ޕެކޭޖިންގ ވަސީލަތްތައް ބޭނުންކޮށްގެން، ޕްރޮޓީން ގިނަ، ޞިއްޙަތަށް ފައިދާހުރި އަދި ރައްކާތެރި މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، ދިވެހި ކަނޑުތަކުން މަސްވެރިން ބާނާ މަހަށް އިތުރު އަގު ގެނެސްދީ، ޤައުމުގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވުމަކީވެސް މި މަސައްކަތުގެ މުހިންމު މަޤްޞަދެކެވެ.

ގދ. ހޯނޑެއްދޫގައި ޤާއިމުކޮށްފައިވާ "ދަ އައިލެންޑް ފެކްޓްރީ" ގެ އުފެއްދުންތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން މިހާރު މި އުފެއްދުންތައް ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ވެރިރަށް މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެއެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އީޖާދީ ޚިޔާލުތައް ހަޤީޤަތަކަށް ހަދައިދިނުމުގެ މަޤްޞަދުގައި، ކޮންމެ އަހަރަކުވެސް އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް ޚާއްޞަކޮށްގެން ދޫކުރާ އެހީއެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު