Tuesday, October 27
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ހާރިޖީ ވަޒީރު ނުވަތަ ޗައިނާގެ  އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ވަންގް ޔީ އާއި ބައްދަލު ކުރައްވައިފި އެވެ. 

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ވަނީ ބާއްވައިފައެވެ.

މި މަޝްވަރާތަކުގައި ރައީސް މުއިއްޒުގެ އިތުރުން ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވި ވަފުދުގައި ރާއްޖޭގެ ހާރިޖީ ވަޒީރު  މޫސާ ޒަމީރު އަދި ހާރިޖީ ވުޒާރާގެ އިސްވެރިން ހިމެނެ އެވެ.

ޗައިނާގެ ފަރާތުން ހާރިޖީ ވަޒީރު ވަންގް ގެ އިތުރުން އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެ ގައުމުގެ ސަރުކާރުން ފޮނުވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން މި މަޝްވަރާތަކުގައި ވަނީ ބައިވެރިވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު